March 9, 2026
Advertisement
އެވިޑް ކޮލެޖް
އެވިޑް ކޮލެޖް / ސޯޝަލް މީޑިއާ

އެވިޑް ކޮލެޖްއާއި މެދު ފިޔަވަޅު އަޅަން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jul 30, 2024, 05:09 AM
މާލެ ސިޓީ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން ކުރިއަށް ދިޔަ އެވިޑް ކޮލެޖްގެ ރެންޑަމް ބެޗް އޮޑިޓް އާއި ގުޅިގެން 28 ޖުލައި ވަނަ ދުވަހު ފޮނުވި ސިޓީގައި "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެވިޑް ކޮލެޖަށް ފިޔަވަޅު އެޅުން" ގެޒެޓް ކުރުމާއި ގުޅިގެން އެ ކޮލެޖުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

މިކަމާއި ގުޅިގެން އެވިޑް ކޮލެޖުން ނެރެފައިވާ ނޫސް ބަޔާނެއްގައި މީގެ ކުރިން ކޮށްފައިވާ އޮޑިޓްތަކުން އެމް.ކިއު.އޭގެ އިރުޝާދުތަކާއި ކަނޑައަޅުއްވާފައިވާ ފެންވަރާއި މިންވަރަށް ކަންކަން އިސްލާހުކޮށް ރަނގަޅުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، މަތީގައި ދެންނެވިފައިވާ ސިޓީ ގެޒެޓް ކުރެވުމާއި ހަމައަށް މިކަމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އަންގަން ޖެހޭ ފަރާތަކަށް އަންގާފައިނުވާ ކަމަށްވެސް އެ ކޮލެޖުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިއާއިއެކު ގާނޫނާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިފަދަ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެއެވެ.

އެމް.ކިއު.އޭގެ ފަރާތުން އެވިޑް ކޮލެޖާއިމެދު އަމަލުކޮށްފައިވާ ގޮތާއި ނިންމަވާފައިވާ ނިންމުންތައް ކުށްވެރިކޮށް މިކަންކަން ތަޢުނުކޮށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved