March 19, 2026
Advertisement
ލޯޔަރ އާސިފް
ލޯޔަރ އާސިފް / ތޭރަ އޮންލައިން

ރައީސް އޮފީހުން ކޯޓުތަކަށް އަތް ބޭނުން ހުއްޓުވާނެކަމަށް ބުނެ މުއިއްޒު އެކަން ގެންދެވީ އެހެން ލެވެލްއަކަށް: އާސިފް

Aminath Zara
އައިމިނަތު ޒާރާ
Jul 30, 2024, 05:09 AM
މާލެ ސިޓީ

ރިޔާސީ އިންތިޚާބުގެ ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވާ ދުވަހަކުން ރައީސް އޮފީހުން ކޯޓުތަކަށް އަތް ބޭނުން ހުއްޓުވާނެކަމަށް ބުނި ބުނުމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް އާސިފު ފާޑު ވިދާޅުވެއްޖެއެވެ.

Advertisement

އާސިފު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންތަކުގެ ކޮރަޕްޝަން އަމަލުތައް ސާފުކޮށް ފެންނަން ހުރި އެ ބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވަން މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. މުއިއްޒު އަކީ ކޮމްޕްރޮމައިސް ވެފައިވާ އަދި އެ ބޭފުޅުންނާއި ޑީލް ހައްދަވައިގެން ވެރިކަމަށް އައިސްފައިވާ ފަރާތެއްކަމަށް އާސިފު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިވަން ދުވަހާއި ދިމާކޮށް މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވި ވަރަކަށް އެހެން ސަރުކާރަކުން ބަލާފައިނުވާ ކަމަށް ބުނެ މުއިއްޒު އިތުރުފުޅު ހައްދަވާފައިވާކަމަށް އާސިފު ބުނެފައިވެއެވެ.

އަދި އަމިއްލައަށް މުނާފިގުންގެ ސިފަތައް ބަޔާންކުރައްވާ ވާހަކަދެއްކެވިއިރު، ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދަތަކަށް އަމާނާތްތެރިވިންތޯ އާސިފް ސުވާލު އުފައްދަވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved