March 19, 2026
Advertisement
ވަކީލް އާސިފް
ވަކީލް އާސިފް / ތޭރަ އޮންލައިން

ހައްގު ގެއްލިފައިވަނީ ރައީސް ޔާމީންގެ: ވަކީލު އާސިފް

Hussain Nawaf
ހުސައިން ނަވާފް
Jan 20, 2025, 10:21 PM

ހައްގު ގެއްލިފައިވަނީ ދައުލަތުން ނޫން ކަމާއި ގެއްލުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހައްގުތައްކަމަށް އަލްއުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ފްރޭމުކޮށް ކުރިއަށް ގެންދާ ވ އާރަށް މައްސަލަ އާއި ގުޅިގެން ޗެނަލް13 އިން ގެނެސްދިން ސިޔާސީ ދައުވާ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ވ. އާރަށް މައްސަލަ އަލުން ބެލުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއްވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ. އަދި މި އަޑުއެހުމުގައި ދައުލަތުގެ ގިނަ ހައްގުތަކެއް ގެއްލުނުކަން ވަކީލު އަހުމަދު ޝަފީއު ވަނީ ފާހަގަ ކުރައްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން އާސިފްވަނީ ގިނަ ސުވާލުތަކެއް އުފައްވާފައެވެ. އެގޮތުން ނުހައްގުން އެތައް ދުވަހެއް ޖަލުގައި އޮންނެވީ ރައީސް ޔާމީން ކަމާއި އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވުމުގެ ސަބަބުން ރައީސަށްވުމުގެ ހައްގުވެސް ގެއްލުނީކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ހިތާމަ ކުރަން. ލަދުވެތިވަން. ބޮޑު ދައުލަތަކުން އަރާ މި ދައްކަނީ އަމިއްލަ ފަރުދެއްގެ ވާހަކަ. ގެއްލިފައި އޮތް ހައްގުތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ދައުލަތުން ބުނީ ތިމަންނަމެންގެ އެތަކެއް ހައްގެއް ގެެއްލިގެންދާކަމަށް. އެއީ ކޮން ހައްގުތަކެއްބާއޭ އަޅުގަނޑު ހިތަށް އަރަނީ.

އާސިފް

މިއަދު ދައުލަތުން ކުރީ ގާނޫނީ ބަހުސެއް ނޫންކަމާއި އެމަނިކުފާނުގެ އުއްމީދާއި ދުއާ އަކީ ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން އިންސާފު ލިބުންކަމަށްވެސް އާސިފްގެ ވާހަކައިންވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved