އިންޑިއާ އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން / ޓޫރިޒަމް މިނިސްޓްރީ
ސިޔާސީ
ފަތުރުވެރިކަން ކުރިއެރުމުގެ ނަމުގައި ފައިސަލް އިންޑިޔާގެ ފައިބުޑަށް
Aishath Naja
އައިޝަތު ނަޖާ
30 ޖުލައި 2024
މާލެ ސިޓީ

ފަތުރުވެރިކަން ކުރިއެރުމުގެ ނަމުގައި ޓޫރިޒަމް މިނިސްޓާރ އިބްރާހިމް ފައިސަލް އިންޑިޔާގެ ފައިބުޑަށް ވެއްޓިއްޖެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އެގައުމުގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑްޝޯ އެއް ކުރިޔަށް ގެންދިޔުމަށް ފަށާފައެވެ.

މި ރޯޑްޝޯގެ ހަވާސާގައި ފައިސަލް އިންޑިއާގެ ދެ މިނިސްޓަރަކާ ވަނީ ބައްދަލުކުރައްވާފައެވެ.

ފައިސަލް ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު، ޝްރީ ގަޖެންދްރާ ސިންގް ޝޭހަވަތު އާއެވެ.

އެ މިނިސްޓަރީން ބުނީ އެ ބައްދަލުވުމުގައި އެއް ގައުމުން އަނެއް ގައުމުގައި ހިންގާ ފަތުރުވެރިކަމުގެ މަޝްރޫއުތައް އިތުރު ކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރު ފުރުސަތުތައް ފަހި ކުރުމާމެދު މަޝްވަރާ ކޮށްފައިވާކަމަށެވެ.

އިންޑިޔާ އިން ފަތުރުވެރިން ނަޔަސް ފަތުރުވެރިކަމުގެ ސިނާއަތައް އެއްވެސް އަސަރެއް ނުކުރާނެކަމަށް އޭރު ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މިފަހަކަށް އައިސް ފެނިގެންދަނީ އިންޑިޔާއިން ފަތުރުވެރިން އައުން ގިނަ ކުރުމަށްޓަކައި އެ ގައުމުގެ ފައިބުޑަށް ރާއްޖޭގެ މިނިސްޓަރު ފައިސަލް ވެއްޓި އާދޭސް ކުރަމުންދާ މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved