March 10, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސްގެ ފަރާތުން ޕްރެސްއެއް ދެން ބާއްވާނީ އެންސްޕާގެ 817 މިލިއަން ދަރަނި އަދާކޮށްފައި: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Jul 31, 2024, 01:42 AM
މާލެ ސިޓީ

17 ނޮވެމްބަރު 2023 ގެ ނިޔަލަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 871 މިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނިން ހާމަކުރުމާއި ގުޅިގެން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑު ވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން ރައީސް މުއިއްޒުގެ ފަރާތުން ތަރުޖަމާން ހީނާ ވަލީދު ދެން ޕްރެސް ކޮންފަރެންސް އެއް ބާއްވާނީ ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށްފަހުގައި ކަމަށް މަލީހް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

އެންސްޕާއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 17 ނޮވެމްބަރު 2023 ގެ ނިޔަލަށް އެންސްޕާއިން ސަރުކާރާއި އަމިއްލަ އެހެނިހެން ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު އަށްސަތޭކަ ހަތްދިހަ އެއްމިލިއަން، ނުވަލައްކަ ހަތްދިޔަ ހަހާސް، ހަތަރުސަތޭކަ ސާޅިސް ދެރުފިޔާއަށް އަރާ ކަމަށެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެންބަރުންވަނީ ސަރުކާރުން އެންސްޕާ އާއި އާސަންދައަށް ބޮޑު ހޭދައެއް ކުރަމުންދާއިރު އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދައްކާ އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަ ކުރަށްވާފައެވެ.

މީޑިޔާތަކާއި ބައްދަލުކުރުމަށް ކެރިވަޑައިނުގަންނަވަނީ ސަރުކާރުގެ ދަރަނިތައް މިލިއަނުން މައްޗަށް ގޮސްފައިވާތީ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ފޮނި އުއްމީދުތަކުގެ ހުވަފެންތައް ދެއްކުމަށްފަހު ސަރުކާރުގެ ނާގާބިލުކަމުން ގަރުދިޔަ އާއި ބަތަށް ތިރިވެލަން ރައްޔިތުންނަށް އެންގުމަކީ ބޮޑު ޖޯކެއް ކަމަށް މަލީހް ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved