March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރަސްމާލެ ދެވުނީ ގޯސްކޮށް ކަމަށް ރައީސް މުއިއްޒު މިހާރު ގަބޫލުކުރޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 31, 2024, 01:59 AM
މާލެ ސިޓީ

މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށް ބުނާ ރަސްމާލެ މަޝްރޫއު ރާޖޫއަށް ދެވުނީ ގޯސްކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލުއިކޮށް ވިދާޅުވާއިރު އެކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފޯީހުގައި ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޖަލްސާގެ ތެރެއިން އުސްތާޒް އާދަމް އާސިފް އާއި ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރާޖުއަށް ރަސްމާލެ ދެވިފައި އޮތީ ރަނގަޅަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަންނަވާ ކަމަށެވެ.

އަދި ރާއްޖޭގައި ދުވަހަކުވެސް ސަރުކާރަކުން ކޮރަޕްޝަން ފިލުވާލަން މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރަސްމާލެ މަޝްރޫއަކީ ހައްސާސީ މައްސަލައަކަށްވެފައި އެތަން ދެވިފައިވަނީ ރަނގަޅަށް ނޫން ކަމަށް ރައިސް މުއިއްޒު ވަރަށް ލުއިގޮތަކަށް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ މީހަކު އެހާ ލުއިގޮތަކަށް ގޯހެއް ހެދިފައޭ މިއޮތީ ވިދާޅުވީ. ކޮބައިތޯއޭ އެ ހެދުނު ގޯސް، ކޮބައިތޯ ދުވަހަކުވެސް ސަރުކާރަކުން ކޮރަޕްޝަން ފިލުވާލަން ނުކުރާ ވަރަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވާއިރު، ކިހިނެއްތޯ އެހާ ލުއިލުއިކޮށް އެވާހަކަ ވިދާޅުވީ. އެހެދީ ބޮޑު ދޮގެއްކަން އެބައިނގޭ.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރަނގަޅަށް އެކަން ނުދާކަމަށް ވިދާޅުވާއިރު އެކަން ރައްޔިތުންނަށް ތަފްސީލު ނުކޮށްދެއްވަނީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ހެދުނު ގޯސް ރައީސް މުއިއްޒަށް ކިޔައިނުދެއްވިގެން އުޅެނީ ކީއްވެގެންތޯ އާއި އެކަމުގައި ކޮރަޕްޝަން ހުރިކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved