March 10, 2026
Advertisement
ސިޔާސީ ލީޑަރު އިސްމާއިލް
ސިޔާސީ ލީޑަރު އިސްމާއިލް / އެންސީބީ ނިއުސް

ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 31, 2024, 03:47 PM
މާލެ ސިޓީ

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

Advertisement

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ނެރުން ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ހަމާސް ލީޑަރ ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ ވެރި ރަށް ތެހްރާންގައި އެ މަނިކުފާނުގެ ގެ ކޮޅުގައި ހުންނަވަނިކޮށް ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލްގެ އަސްކަރިއްޔާ އިން ހިންގި ރެއިޑް އެއްގައި ކަމަށެވެ

ހަމާސްގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި މި ހަމަލާގައި އެމަނިކުފާނުގެ ދެ ބޮޑީ ގާޑުން ވެސް ވަނީ ޝަހީދުވެފައެވެ.

ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ މި ފިނޑި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި މި ހަމަލާ އިން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް ލިބޭނެ އެއްވެސް ފައިދާ އެއް ނެތް ކަމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް ހަމާސް ޖަމާއަތުން ކުރަމުންދާ ޖިހާދު ހުއްޓުވުން އެއީ ޔަހޫދީންގެ މަޤްޞަދު ކަމުގައި ވާނަމަ އެ ލަނޑުދަނޑި ހާޞިލްނުވާނެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved