March 27, 2026
Advertisement
އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން / ޓްވިޓަރ

ނޫމަޑިއަށް ދޭން ޖެހުނު ބަދަލަކީ މުއިއްޒު ދިން ލަގާއެއްކަމަށް ފައްޔާޒް ބުނެފި

Aishath Naja
އައިޝަތު ނަޖާ
Jul 31, 2024, 03:47 PM
މާލެ ސިޓީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

Advertisement

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ހަވަރު ބެރު"ގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުންކަމަށެވެ. އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ވަނީ ގޮސްފައެވެ.

އެއީ މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދިން ބޮޑު ލަގާއެއް އަޅުގަނޑަށް ޔަގީން 900 މިިލިއަން ރުފިޔާގެ ތެރެއިން ކޮންމެ ވެސް ބައެއް ގޮސްފައިކަން އޮންނާނީ. އަޅުގަނޑަށް ހަމަ ޔަގީން

ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ރައީސް ޔާމީން ވެސް ވަނީ ރައީސް މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާނެއް ހުށަހެޅީ ކޮން ފަރާތެއް މެދުވެރިކޮށް ކަމެއް މުއިއްޒަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved