March 23, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ހެޔޮލަފާ ވެރިކަމެއް ކުރުމަށް ވައުދުވެ، ވެއްޓުނީ އިންޑިޔާގެ ފައިބުޑަށް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jul 31, 2024, 03:59 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ އަދުލުވެރިކަން ގާއިމްކޮށް ހެޔޮލަފާ ވެރިކަމެއް ކުރައްވާނެކަމަށް ނަމަވެސް ފެނިގެންދަނީ ވައުދާ ޚިލާފްވެފައިވާ މަންޒަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް މުއިއްޒު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންފައި ވަނީ ވެރިކަން ލިބިއްޖެނަމަ އަދުވެލިކަން ގާއިމްކޮށް ހެޔޮ ވެރިކަމެއް ކުރައްވާނެ ކަމަށެވެ.

ނަމަވެސް މިއަދު ވެރިކަން ލިބުމުން ފެނިގެންދަނީ ކުރީގެ ރައީސް ނަޝީދާ، ހުރިހާ ވެރިކަމެއްގައި ވެސް އަމިއްލަ ފައިދާ ހޯދުމުގައި އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ، ކާނަލް ނާޒިމް ފަދަ ބޭފުޅުންނާ ގުޅިގެން އެމްޑީޕީގެ ދެވަނަ ވާޝަނެއް އެކުލަވާލަމުންގެންދާ މަންޒަރު ކަމަށް ޑރ ޖަމީލް ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ޑރ ޖަމީލް ވިދާޅުވީ މި ސަރުކާރުން އިންޑިޔާގެ ފައިބުޑަށް ވެއްޓިފައިވާ ވާހަކައެވެ.

އިންޑިޔާ އަށް އެއްވެސް ކަމެއްގައި ބަރޯސާނުވާނެ ކަމަށް މި ސަރުކާރުން ވަނީ ވެރިކަމަށް އައިތާ ފުރަތަމަ ކޮޅު ވިދާޅުވެފައެވެ.

ނަމަވެސް ފަހުން ވަނީ ކުރިން ބުނި އެތި ކެންސަލްކޮށް އިންޑިޔާ ކައިރި އަށް ނާށިގަނޑު ހިއްޕަވައިގެން ސަލާން ޖަހަން ވަޑައިގެންފައެވެ.

މިކަމާ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved