March 20, 2026
Advertisement
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު / ޓީޓީ އެސޯސިއޭޝަން

މަޝްރޫއުތައް މަޑުޖައްސަން އެމްޓީސީސީއަށް އަންގާފައި ނުވާނެކަމަށް ވިދާޅުވެ މިނިސްޓަރު މުއްތަލިބް ދޮގުހަދައިފި

Aishath Naja
އައިޝަތު ނަޖާ
Jul 31, 2024, 04:14 PM
މާލެ ސިޓީ

ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިތުރުފުޅު ހައްދަވައިފިއެވެ.

Advertisement

މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ނިންމާފައި ނުވާ ކަމަށެވެ.

އަދި، އެހެން މަޝްރޫއުތައް މަޑުޖައްސާލީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމުން ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ކަމަށް ބުނެ އެމްޓީސީސީއިން ހިންގާ 60 މަޝްރޫއެއް ވަގުތީގޮތުން މަޑުޖައްސާލަން ވަނީ އަންގާފައެވެ.

އޭގެ ތެރޭގައި "އޮންގޮއިން" ނުވަތަ ހިނގަމުންދާ މަޝްރޫއުތަކުގެ ގޮތުގައި 17 މަޝްރޫއެއް ވަނީ ހިމަނާފައެވެ.

އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބްގެ ކެމްޕޭނުގައި ވިދާޅުވި ނަމަވެސް މިހާރު ފެނިގެންދަނީ ތަފާތު މަންޒަރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved