April 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައްޔިތުންގެ އިތުބާރު އަލުން ހޯދަން ބޭނުމިއްޔާ ރަސްމާލެ ޕްރޮޖެކުޓުގެ ތަފްސީލު ބުނެދޭން ޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 31, 2024, 09:05 PM
މާލެ ސިޓީ

ރައްޔިތުންގެ އިތުބާރު އަލުން މި ސަރުކާރަށް ހޯދަން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ ރަސްމާލެ ޕްރޮޖެކުޓުގެ ތަފްސީލު ހާމަކޮށްދިނުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ ޕްރޮޖެކުޓު ހަވާލުކުރީ ރަގަޅަށް ނޫން ކަމަށް ޚުދު ރައީސް މުހައްމަދު މުއިއްޒު އިއުތިރާފުވެވަޑައިގެންފައިވާއިރު އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން ގެއްލިފައި އޮތް އިތުބާރު އަނބުރާ ހޯދަން މި ސަރުކާރުން ބޭނުންނަމަ ރަސްމާލެ ޕްރޮޖެކުޓުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިަލކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެބަ އިއުތިރާފުވޭ ރަސްމާލެ ކަންކަން ދިޔައީ ރަގަޅަށް ނޫންކަން. ރައްޔިތުން އެ ތިބި އެކަމާ ވެސް މާޔޫސްވެފައި. ދެން އެންމެ ރަގަޅުވާނީ އިތުބާރު އަލުން ހޯދަން އަވަހަށް ރަސްމާލެ ކަންކަން ތިލަކުރުން

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ހެދުނު ގޯސް ރައީސް މުއިއްޒަށް ކިޔައިނުދެއްވިގެން އުޅެނީ ކީއްވެގެންތޯ އާއި އެކަމުގައި ކޮރަޕްޝަން ހުރިކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved