ހުޅުމާލެ ފޭސް 2 ގައި މިއަދު މެންދުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު މެންދުރު ހިނގި މި އެކްސިޑެންޓްގެ ސީސީޓީވީ ފުޓޭޖްއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކާރެއް ކޮންޓްރޯލްއިން ނެއްޓިގެން ގޮސް ވަނީ ސައިކަލެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި ސައިކަލުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ.