March 10, 2026
Advertisement
ސިޔާސީ ލީޑަރު އިސްމާއިލް
ސިޔާސީ ލީޑަރު އިސްމާއިލް / އެންސީބީ ނިއުސް

ޣައްޒާގެ ލީޑަރު ޝަހީދުކޮށްލުން ދުނިޔެއިން ކުށްވެރިކުރިއިރު ރާއްޖެ ހަނު!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 31, 2024, 11:45 PM
މާލެ ސިޓީ

ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލަ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުށްވެރިއިރު ރާއްޖެ ސަރުކާރު އޮތީ ހަނުކަން ހާމަވެއްޖެއެވެ.

Advertisement

އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލާފައިވަނީ އިރާންގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް ރޭ ފަތިހުއެވެ. ހަނިއްޔާ ޝަހީދުވި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެއެވެ.

މިކަމާ ގުޅިގެން ޗައިނާ އާއި ރަޝިޔާ، ގަތަރާއި އިރާނާއި މެލޭޝިޔާގެ އިތުރުން ޔަމަނުން ވެސް ހަނިއްޔާ އަށް ދިން ހަމަލާ ކުށްވެރިކޮށްފައިވެއެވެ. ރާއްޖެއާ ގާތް ގުޅުން ވެސް އޮންނަ އިސްލާމީ ބާރުތައް ވެސް މީގެ ތެރޭގައި ހިމެނޭއިރު މި ހަމަލާއަށް 9 ގަޑިއިރު ވެގެން ދިޔައިރުވެސް ރާއްޖެ ސަރުކާރުން މިކަން ކުށްވެރިކޮށްފައިނުވެއެވެ.

މިހެން މިކަން އޮތްއިރު އިޒްރޭލު ޕާސްޕޯޓުކ މަނާކުރުމުގައިވެސް ދިވެހި ސަރުކާރުން ފަހަތު ފަޔަށް ވަނީ ބުރަވެފައެވެ. އެގޮތުން އެމެރިކާގެ ނުފޫޒާއެކު އެކަންކުރުން ފަސްކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ފަލަސްތީނުގެ ހައްގުގައި، ބައިނަލް އަގުވާމީ މައިދާނުގައި ކުރެވޭ ކޮންމެ ކަމެއްގައި ރާއްޖޭން ބައިވެރިވެ ދެމިއޮންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް އެމަނިކުފާނުގެ އަމަލުފުޅުން އެކަން ފެނިގެން ނުދެއެވެ.

ހަނިއްޔާއަށް ދިން ހަމަލާ އާ ގުޅޭގޮތުން ރާއްޖެއިން ބަހެއްބުނެ ނުލާހަނު ތިއްބަވާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved