March 10, 2026
Advertisement
އެކްސިޑެންޓް ވި ކާރު
އެކްސިޑެންޓް ވި ކާރު / ސޯޝަލް މީޑިއާ

އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ފިލައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 1, 2024, 01:32 AM
މާލެ ސިޓީ

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި މިއަދު އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓުވުމުން، އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފިލާފައިވާ ކަމަށެވެ.

ވިނަރެސް ފުލެޓުތައް ކައިރީގައި މިއަދު ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved