March 20, 2026
Advertisement
ކާރުގައި ތިބި 3 މީހުން
ކާރުގައި ތިބި 3 މީހުން / މޯލްޑިވްސް ޕޮލިސް ސާރވިސް

ހުޅުމާލޭގައި ވިނަރެސް ފްލެޓް ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ޝާމިލުވާ ކާރުގައި ތިބި 3 މީހުން ހައްޔަރުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 1, 2024, 02:53 PM
ހުޅުމާލެ ފޭސް 2

ހުޅުމާލޭގައި ވިނަރެސް ފްލެޓް ސަރަހައްދުގައި ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅުންހުރި ކާރުގައި ތިބި ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

Advertisement

އެގޮތުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، ނޫރަންމާގެ އާގޭ އިކްރާމުއްރަހްމާން އާއި ކ. މާލޭ، މ. ލޭންޑް އޮފް ގާޑަން، އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް ކަމަށެވެ.

ކާރުގައި ތިބި ތިން މީހުންގެ މަގްޝޮޓްވެސް ފުލުހުންވަނީ ރޭ އާއްމުކޮށްފައިވެއެވެ.

ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވީ މަގުގެ އެއް ފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ސައިކަލުގައި އިން މީހާ މާ ދުރަކަށް ވިއްސައިގެން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނެއެވެ.

ފަހުން ސޯޝަލް މީޑިއާގައި އާއްމުވި ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ކާރުގެ ޑްރައިވަރު ސީޓުން ފޭބީ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. ކުރީ ޕަސިންޖަރ ޝީޓުން ފޭބީ ރީނދޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. އެކްސިޑެންޓްވުމުން އެ ސަރަހައްދަށް އެއްވި އާންމުންގެ ތެރޭގައި އެ ދެމީހުންވެސް މަޑުކޮށްގެން ތިބުމަށްފަހު ޑްރައިވަރު ޝީޓުން ފޭބި މީހާ އެހެން މީހެއްގެ ސައިކަލު ފަހަތުގައި އެ ސަރަހައްދު ދޫކޮށް ދާތަން ފެނުނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved