May 1, 2026
Advertisement
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރުގައި އިގްތިޞާދީ ހަކަތައެއް ނެތް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 2, 2024, 03:47 PM
މާލެ ސިޓީ

މި ސަރުކާރުގައި އިގްތިޞާދީ ހަކަތަ ނެތް ކަން ފެންނަން އެބަ އޮތް ކަމަށާއި އާންމު ރައްޔިތުންނަށް އޭގެ ތާށިކަން އައުން ގާތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement


ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ދަ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މިދިޔަ މަސްތަކުގައި ސަރުކާރުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާއި އިދާރީ ހަރަދުތައް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން ކަމަށެވެ.

މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަށް ފުށުއަރާ ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މުސާރަދޭން ލޯނު ނަގާ ކަމަށް ވަންޏާ އެޑްމިޓްކުރާށޭ ސަރުކާރުގައި ހަކަތަ ނެތިއްޔޭ، ސަރުކާރުގެ އިގުތިސާދީ ހަތަކަ ނެތިއްޔޭ

ރައީސް ޔާމީން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކޮންމެ ހަފްތާއަކު އާންމު ވީކްލީ ފިސްކަލް ރިޕޯޓް އާންމު ނުކުރާތީ ރައީސް ޔާމީން ވަނީ އެއީ ތާށިކަން އުޅޭތީ ފޮރުވުމައްޓަަކައި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އެކަން ސިފަކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved