March 10, 2026
Advertisement
ސްޓެލްކޯ އެމްޑީ ފަހުމީ
ސްޓެލްކޯ އެމްޑީ ފަހުމީ / ސްޓެލްކޯ

ބިލުތައް ބޮޑުކަމަށް އިއުތިރާފުވެ އޮޑިޓެއް ހަދަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 3, 2024, 06:40 PM
މާލެ ސިޓީ

ކަރަންޓު ބިލުތައް ބޮޑުކަމަށް އިއުތިރާފުވެ އޮޑިޓެއް ހަދަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ.

Advertisement

މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ މާލޭގެ ބައެއް ގޭބިސީތަކާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވެފައި ވަނީ ކަސްޓަމަރުންގެ އިތުރުން، ސްޓެލްކޯއަށް ވެސް އެކަން ހިނގާފައިވާ ގޮތް އެނގެން ބޭނުންވާ މިންވަރަށް ކަމަށެވެ. އަދި އެ ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވާ ކަން ފަހުމީ ވަނީ ގަބޫލުވެސް ކުރައްވާފައެވެ.

މާލޭގެ ހަ ޕަސެންޓް ގޭބިސީތަކާއި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވެފައި ވަނީ ކަސްޓަމަރުންގެ އިތުރުން، ސްޓެލްކޯއަށް ވެސް "އެކްސްޕްލެނޭޝަނެއް ބޭނުންވާ" މިންވަރަކަށް، ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވޭ

ފަހުމީ

ފަހުމީ ވިދާޅުވީ، އެކަން އެހެން ދިމާވި ސަބަބު ސްޓެލްކޯއިން ޓެކްނިކަލްކޮށް ބަލާނެކަމަށާ އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް، ހަކައިތައިގެ އޮޑިޓެއް ހަދާނެ ކަމަށާއި ސްޓެލްކޯގެ ޓީމުތައް ފޮނުވާނެ ތަންތަން ކަނޑައަޅާނީ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ވެސް ފަހުމީވަނީ ވިދާޅުވެފައެވެ.

ކަރަންޓު ބިލުތައް ބޮޑުކަން ސްޓެލްކޯއިން ގަބޫލުކޮށްފައިމިވަނީ މި ސަރުކާރު އައިސް ވެސް ފާއިރުވެގެން ދިޔަ ގިނަ މަސްތަކުގައި ގޭބިސީތަކުގެ ކަރަންޓު، ބޭނުންކުރާ މިންވަރަށް ވުރެ ޑަބަލް އަގު ބޮޑުކަމަށް ގިނަ ކަސްޓަމަރުން ޝަކުވާކޮށް މައްސަލަވެސް ހުށަހަޅާފައިވަނިކޮށެވެ.

މީގެ ކުރިން ސްޓެލްކޯއިން ބުނެފައިވަނީ ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރެވޭ ނިސްބަތްވެސް ބޮޑުކަމުންނާ އަދި ބައެއް އާލާންތައް ބޭނުންކުރުމުގައި ކަސްޓަމަރުން ސަމާލުކަން ނުދޭތީ ކަރަންޓު ބިލު ބޮޑުވަނީ ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
އިބްރާހިމް
Aug 3, 2024, 08:10 PM
ފެނަކަ އިންވެސް ޖެހޭ މިކަންކުރަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved