މެންދުރުގެ ޚަބަރަށް ފަހު ރާއްޖޭގެ މަސްރަހު ހުރި ނެތް ގޮތް ބަލާލަން މީސްމީޑިޔާގެ މަންސަތައް ހާވަމުން ދިޔަ ވަގުތެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަލީ ޙާޝީމް (ސްމިތު) ހިއްސާ ކޮށްފައި އިން ވީޑީއޯއެވެ.
ފޭސްބުކްގައި ސްމިތު ހިއްސާ ކޮށްފައިއިން ވީޑިއޯއަށް ލޯ ހުއްޓިގެން ދިޔައީ އެ ވީޑީއޯގައި ފެންނަ ތުއްތު ތުއްތު ކުއްޖާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ބަލާލެމަށް އެއީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. ފަސްކުރެވުނު މިނިވަން ދުވަހުގެ ޝަރަފްވެރި ހިނގާލުން ކުރިއަށް ދިޔަ ވަގުތު ދިރާގުގެ ހެޑް އޮފީހާ ދިމާލުގައި އެ ކުޑަ ކުއްޖާ ދުވަމުން ގެންދިޔައީ މިނިވަންކަމާ އެކު އޭނާގެ އަމިއްލަ ދުނިޔޭގައެވެ.
ވަށައިގެން އެތައް ބަޔަކު ތިބި އިރު އެ ކުއްޖާގެ މާބޮޑު ސަމާލުކަމެއް އެއިން މީހަކަށް ނެތް ނަމަވެސް ދުވަމުން ދަނިކޮށް ކުއްލިއަކަށް އެ ތުއްތު ކުއްޖާއަށް ފެންނަނީ މަގުގެ އަނެއް ކޮޅުން އަންނަ ޓްރެފިކު ބަލަހައްޓާ ފުލުހަކަށެވެ. ހަމަ އެއާއެކު އެ ތުއްތު ކުއްޖާ އޭނާގެ މިސްރާބު ބައްދަލުކޮށްލާ ގޮސް ފުލުސް މީހާއާ ސަލާންކޮށްލައެވެ.
ސަލާންކޮށްލުމުން އަދި ނިންމާނުލައެވެ. ސަލާމަށް ފަހު ދެން އެ ތުއްތު ކުއްޖާގެ ފަރާތުން ފެނިގެން ދިޔައީ ލޮލުން ކަރުނަ ހިލުނު މަންޒަރެކެވެ. އެއީ އަދުގެ ތުއްތު ޖީލަކީ ފުލުހުން ނުވަތަ ސިފައިން ފެނުނަސް އެފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދޭ ޖީލެއް ނޫންކަމަށް އަޅުގަޑަށް ފެންނަ ފެނުމަށް ގަބޫލުކުރެވިފައި އޮތުމުންނެވެ.
އަޅުގަޑުމެން ކުޑައިރު އެއިން ބޭކަލަކު ފެނިއްޖެއިއްޔާ ކުރާ އިހުތިރާމުގެ ބޮޑޫކަމުން ވަތަށް ޖަހާ އިސް އުފުލާލަނީ ވެސް އެ ބޭކަލުން އަޅުގަޑުމެން ފަސްކޮށް ދިއުމުންނެވެ.
ކޮންމެ އަކަސް އެ ތުއްތު ތުއްތު ކުއްޖާ ގެނައި ކުއްލި ހަރަކާތާ އެކު ފެނިގެން ދިޔައި ފުލުސް މީހާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ސެލިއުޓު ކުރި މަންޒަރެވެ. ފުލުސް މީހާގެ އޭގެ ޖަވާބު ސެލިއުޓަކުން ދެއްވައެވެ. މިއާއެކު މަންޒަރު ބަލަން އިން އަޅުގަަށް ހިތާ ހިތާ ކިޔާލެވުނެވެ. ޒަމާން ކިތަންމެ ބަދަލުވި ނަމަވެސް އަދިވެސް ރަގަޅު ތަރުބިއްޔަތު އަޅުގަޑުމެންގެ މުހުތަމައުން ފެންނަމުން އެބަދެއެވެ.
މި ތުއްތު ކުއްޖާގެ ބެލެނިވެރިން ޔަގީނުންވެސް މި ކުއްޖާއަށް ދީފައިވަނީ ހަރުދަނާ ތަރުބިއްޔަތެއްކަން މި މަންޒަރުން ހާމަވެއެވެ.
މި ވީޑިއޯ އެތައް ބަޔަކު ބަލާ ޝެއަރ ކޮށްފައިވާއިރު އެންމެން ވެސް ގެންދަނީ މި ތުއްތު ކުއްޖާއަށް ތައުރީފުކުރަމުންނެވެ.