March 27, 2026
Advertisement
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މި ސަރުކާރާ ދުރައްޖެހުނީ ގޯސްތައް ދިފާއުކުރަން ބޭނުން ނުވެގެން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 4, 2024, 06:03 PM
މާލެ ސިޓީ

މި ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ސަރުކާރުގެ ނޭދެވޭ އަމަލުތައް ދިފާއުކުރުމަށް ބޭނުން ނުވާތީ ކަމަށް ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ ޖަލްސާގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތް ގޮތާއި ސަރުކާރުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު ކަމަށެވެ. ކަރަންޓު ބިލް ތިން ގުނައަށް ބޮޑުވެ، ރައްޔިތުންގެ ޖީބުތަކަށް ބަރުވެއްޖެ ކަމަށާއި ބޮޑެތި މައްސަލަަތައް ހުރި އިރު، ސަރުކާރުން ސިޔާސަތު ހަދަނީ އޯގާތެރި މުޖުތަމައެއް ބިނާ ކުރުމާއި އުފާވެރިކަން ހުރި މިންވަރު ބެލުމަށް، 'ހެޕިނެސް އިންޑެކްސް' ހެދުމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެ ކުރާ ކަންކަން ދިފާއު ކުރުމަށް، ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭކަށް ބޭނުމެއް ނޫން. ހަމަ އެހެންވެ އަޅުގަނޑުމެން ދުރުވީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ދެކޮޅު ނޫންކަމަށެވެ. އަދި ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި ބަޔަކު ކުރާ އެ ފަދަ މަސައްކަތެއްގައި ބައިވެރި ވެސް ވެވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved