March 21, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި / ތޭރަ އޮންލައިން

ޕީޕީއެމް/ޕީއެންސީގައި ތިބީ އަޅުގަޑު ނުހަނު ލޯބިވާ ރައްޔިތުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 26, 2024, 07:56 PM
މާލެ ސިޓީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ދޫކުރައްވާ ވަޑައިގެންނެވި ނަމަވެސް އެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ އާންމު މެމްބަރުންނާ މެދު ހިތްޕުޅުގައި އޮތް ލޯތްބަށް ބަދަލެއް ނާންނަ ކަމަށާ އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށްވެސް އެ ކޯލިޝަންގެ ކުރީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕުން އެމަނިކުފާނަށް ކުރިމަތި ކުރުވި ފިއްތުންތަކުގެ ސަބަބުން އެ ކޯލިޝަންއިން ނުކުމެވަޑައިގެން، އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ އައު ސިޔާސީ ޕާޓީއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި އެމަނިކުފާނާއި ނުގުޅުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތަފްސީލު ނުދެއްވިގެން އުޅުއްވަނީ މީޑިޔާގައި ވާހަކަ ދެއްކުމުގެ ހުއްދަ އެމަނިކުފާނަށް ނެތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި އަޅުގަޑުމެންނާ ނުގުޅުންތަކެއް އެބަހުރި. .އަޅުގަޑު ބޭނުމެއް ނުވޭ އޭގެ ތަފްސީލުތަކަށް ދާކަށް. އެއީ އަޅުގަޑަށް މީޑިޔާގައި ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން. ނަމަވެސް ރައްޔިތުން ދައްކަމުން ގެންދާ ވަހަކަތަކުން ކޮންމެވެސް ވަރަކަށް ތިލަވާނެ އެކަމުގެ ހަގީގަތް. ޕީޕީއެމް ޕީއެންސީގައި ވޯޓުލާން އެތިބަ ރައްޔިތުންނަކީ ހަމަ ރައީސް ޔާމީން ދެކެ ލޯބިވާ މީހުން. އަޅުގަޑުވެސް ނުހަނު އެ ރައްޔިތުންތަކެއް ދެކެ ލޯބިވާ ރައްޔިތުން.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، އެހެންކަމުން ޕީޕިއެމް/ޕީއެންސީގެ އާންމު މެމްބަރުންނާ ޕީއެންއެފްގެ އާންމު މެމްބަރުންނާ ދެމެދު އެއްވެސް ހިތް ހަމަ ނުޖެހުމެއް އޮވެގެންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved