March 20, 2026
Advertisement
އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށްފި
އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށްފި / ރައީސް އޮފިސް

އެލްޖީއޭގެ ސީއީއޯ ކަމުން ޒުލްފާ ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 4, 2024, 09:47 PM
މާލެ ސިޓީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން ޑރ. މަރިޔަމް ޒުލްފާ ވަކިކޮށްފިއެވެ.

Advertisement

ޒުލްފާ މަގާމުން ވަކިކުރިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ތޭރަ އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަގާމުން އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުލްފާ އެލްޖީއޭއިން ވަިކޮށް ރައީސް މުހައްމަދު މުއިއްޒު އޭނާ ބަދަލުކޮށްފަިއވަނީ ޚާރިޖީ ވުޒާރާއަށެވެ.

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަނުކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.

ޒުލްފާއަކީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު އެމަނިކުފާނާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ޒުލްފާވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ޒުލްފާ ކުރެއްވިއެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ.

ޒުލްފާއަކީ ގާނޫނީ ދާއިރާއިންނާއި، އާރބަން ޕްލޭނިން އަދި ބިޒްނަސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved