February 20, 2026
Advertisement
މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން
މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ސައުދީގެ އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 4, 2024, 11:32 PM
މާލެ ސިޓީ

ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ސައީދު އަލީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚާއި ބައްދަލުކުރައްވައިފިއެވެ.

Advertisement

މި ދަތުރަކީ އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ މަނިކުފާނާއެކު ވުޒާރާގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ކޮންފެރެންސް އޮގަސްޓު މަހުގެ 4ވަނަ ދުވަހާއި 5 ވަނަ ދުވަހުގައި ކުރިއަށް ދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގައެވެ. އެގޮތުން އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved