

މޫސުން ގޯސް ވާނެކަމަށް ލަފާކޮށް ދެކުނު އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ. މިއަދު ހަވީރު 5:45 އިން ފެށިގެން ނެރެފައިވާ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 10:00 އަށެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކި ހިިސާބަށް ވިއްސާރަ ކުރުމާއެކު ގުުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ އެކަށީގެންވާ ކަަމަށްވެސް މެޓު އޮފީހުން ހާމަކޮށްފައިވެއެވެ.
މެޓް އިން ވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މެޓުން ވަނީ މި އޮގަސްޓު މަހަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ މަހެއްކަމަށް ލަފާކޮށްފައެވެ.