March 10, 2026
Advertisement
ރޯކޮށްލާފައިވާ ސައިކަލު
ރޯކޮށްލާފައިވާ ސައިކަލު / ޕޮލިސް

ހެނބަދޫ ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރަށް

Aminath Zara
އައިމިނަތު ޒާރާ
Aug 5, 2024, 02:32 AM
މާލެ ސިޓީ

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުން މިއަދު ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރީ 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved