March 12, 2026
Advertisement
ޕީއެންސީ ޕީޖީ ގްރޫޕު
ޕީއެންސީ ޕީޖީ ގްރޫޕު / ސޯޝަލް މީޑިއާ

މި މަހު ވެސް މެމްބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން ބައި ލައްކަ ރުފިޔާ!

Aishath Naja
އައިޝަތު ނަޖާ
Aug 5, 2024, 09:00 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު 1 ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެ މި މަހުވެސް ދެއްވީ ބައިލައްކަ ރުފިޔާ ކަން ހާމަވެެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޖުމްލަ 75 މެމްބަރުން ތިބޭއިރު އެ މެމްބަރުންނަށް ބައި ލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އެ ފައިސާއާ ނުލައި ވެސް ކޮންމެ މަޖިލިސް މެމްބަރަކަށް 82،500 ރުފިޔާ ލިބިގެންދެޔެއެވެ.

މިދިޔަ މަހުވެސް މުލިއާގެއިން މެމްބަރުންނަށް 50،000 ރުފިޔާ ދިން ކަމަށް ބުނުމުން ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް "ތޭރަ އޮންލައިން" އަށް ވަނީ އެ ފައިސާ މިދިޔަ 3 މަހު ވެސް ދިން ކަން ހާމަވެފައެވެ.

ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުން ދާތީވެ، އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved