
ފަލަސްތީނުގެ އިސްލާމިކު މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް، ރާއްޖޭގެ އިސްލާމިކު ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ދައުވަތު އަރުއްވައިފިއެވެ.
ޑރ. ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމު ރާއްޖެވަޑައިގެން، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދަޢުވަތު އަރުވާފައި ވާނޭ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމު މިވަގުތު ހުންނެވީ، އިސްލާމީ ޤައުމުތަކުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ސައުދީ އަރަބިއްޔާގައެވެ.










