March 23, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

އައިއެމްއެފްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 2.5 އިން ސައްތަ އިތުރުވާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 6, 2024, 07:55 PM
މާލެ ސިޓީ

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 2.5 އިން ސައްތަ އިތުރުވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެރޭ ކުރިއަށް ދިޔަ ޖަލްސާގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާންކޮށްދެމުން މަލީހުވަނީ ތަފާސް ހިސާބުތަކަށް ނަޒަރު ހިންގާލައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، އިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު %9.9 ދުވެލީގައި ހުންނާނެ ކަމަށްނަމަވެސް ހަގީގަތަކީ ހިސާބުތަކުން ދައްކަނީ އެހެން ނޫން ކަމެވެ. އެގޮތުން ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ނިމިގެން ދާއިރު ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 2.5 ޕަސެންޓު އިތުރުވެގެން ދާނެ ކަމަށް ކަން މަލީހު ހާމަކުރެއްވިއެވެ.

މިއަދު އަޅުގަޑުމެންނަށް ކަންބޮޑުވުމުގެ ނަޒަރުން ނޫން ގޮތަކަށް ރާއްޖޭގެ އެއްވެސް ކަމަކަށް ނަޒަރު ހިންގާލެވެން ނެތްކަމުގެ ރަތް ސިގްނަލް ދޭން މިޖެހެނީ. މި ރިޕޯޓުތަކުން ބުނާ ގޮތުން ވިއްޔާ ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް މިއަހަރު ނިމޭއިރު 2.5 ޕަސެންޓު އިތުރުވެގެންދާނެ

މަލީހު

މީގެ އިތުރުން، ރާއްޖެއިން ބޮޑެތި ދަރަނިތައް ނަގާފައިވާއިރު ކުޑަ ގައުމަކަށް މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ. މިގޮތުން 8 ބިލިއަން، ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެ ދަރާފައިވާއިރު ސަރުކާރުން މިފަދަ ކަންކަން ބޮޑު ކަމަކަށް ނަހައްދަވާ ބޭކާރު އަދި ބޮޑެތި ޚަރަދުތައް ކުރައްވަމުން ގެންދަަވާތީ ބިރުގަންނަކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved