February 20, 2026
Advertisement
ދަްުރުވާ ވީޑިއޯގެ ހަގީގަތް
ދަްުރުވާ ވީޑިއޯގެ ހަގީގަތް / ތޭރަ އޮންލައިން

ޑރ ޝަހީމް ކަމަށް ބުނެ ދައުރުކުރާ ވީޑިއޯގެ ހަގީގަތް

Aminath Zara
އައިމިނަތު ޒާރާ
Aug 7, 2024, 03:35 AM
މާލެ ސިޓީ

އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު ކަމަށް ބުނެ ދައުރުކުރަމުންދަނީ އެމަނިކުފާނުގެ ވީޑިއޯތަކެއް ނޫން ކަމަށް ތޭރަ އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މިގޮތުން ސޯޝަލް މީޑިޔާގެ މަންސަތަކުގައި ޑރ ޝަހީމް ކަމަށް ބުނެ އަންހެނަކާއި އެކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯތަކެއް ދައުރުވަމުން ދާކަމަށް ފާހަގަކުރެވި އިތުރަށް ހޯދި ހޯދުންތަކުން އެއީ ޑރ ޝަހީމް ނޫން ކަމަށާއި އެއީ ބޭރު މީހެއް ކަމަށް ތޭރަ އޮންލައިން އަށް މައުލޫމާތު ލިބިފައިވެއެވެ.

ވީޑިއޯއިން ފެންނަ ބޭރު މީހާ
ވީޑިއޯއިން ފެންނަ ބޭރު މީހާ

މިދިޔަ ހުކުރު ދުވަހު ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުން އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލުމުން ޑރ މުހައްމަދު އިޔާޒް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މިނިސްޓަރު ޝަހީމްއަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައެވެ.

އެކަމާ މެދު ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފައިވާއިރު، އެ މައްސަލައިގައި އިޔާޒުގެ ތަފްސީރު ކްލާސްތައް ހުއްޓާލަން ޑރ.ޝަހީމް އަންގަވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު އިސްލާމީ މަރުކަޒުގައި ނަގައިދެމުން އައި ތަފުސީރު ކްލާސްތަކެއް އެ މިސްކިތާއި ސަލްމާން މިސްކިތް ނޫން މިސްކިތަކަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނެ އިސްލާމިކް މިނިސްޓަރ ޑރ އަލީ ޝަހީމްއަށް ބޮޑެތި ފާޑުކިޔުންތައް އިޔާޒުގެ އިތުރުން މިނިސްޓަރާއި އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުން ގޮސްފައިވެއެވެ.

މިގޮތުން މިނިސްޓަރގެ ތައުލީމީ ސެޓްފިކެޓްތަކަކީ ފޭކް ސެޓްފިކެޓްތަކެއް ކަމަށް ބުނެ ފޮޓޯތައް ދައުރުކޮށްފައިވެއެވެ. އެހެން ކަމުން މިއީ އެމަނިކުފާނުގެ އަނބުރު ކަތިލުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއްކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved