April 24, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓު ނެރެފި

Fathmath Reem
ފާތުމަތު ރީމް
Jan 26, 2024, 11:48 PM
މާލެ ސިޓީ

ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މޫސުބާ ބެހޭ ގައުމީ އިދާރާއިން މިކަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓު ނެރެފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 21:00 އާ ހަމައަށެވެ.

މީގެ އިތުރުން މެޓު އޮފީހުން ހާމަކުރި ގޮތުގައި ވިލާގަނޑުގައި ގަޑިޔަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved