ރައީސް ޔާމީނަކީ ވަގެއް ކަމަށް އަދުރޭ ބުނުމާއެކު އަދުރޭއަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިޔަށް ކިޔާނީ ބުޅާ ގޯނިން ބޭރުވުން ކަމަށެވެ.
ފެނިގެން މިދަނީ ހެއްދެވި ފަރާތް އަދުރޭގެ ހަގީގީ ސިފަ ކަޝްފު ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށާއި އޭރު ރައީސް ޔާމީން ހުންނެވީ ހަރާން ހުކުމަކު އޭ ބުނެ ކަރުނަ އެޅި ލޯތައް މިއަދު ކޮބައިތޯ ވެސް ޑރ ޖަމީލް ވަނީ އައްސަވާފައެވެ.
ވެރިކަމަށް އައުމަށްޓަކައި ދެއްކެވި ރައީސް ޔާމީންގެ ނަންފުޅު ޖައްސަވާފައިވާ ހުސް ގޮނޑި މިއަދު ކޮބައިތޯ ވެސް ޑރ ޖަމީލް ވަނީ އައްސަވާފައެވެ.
އޭގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ޖާހިލުން ދައްކަވާ ވާހަކަތަކަކީ އޭގައި އެއްވެސް ފޭރާމެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަދުރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ޔާމީނަށް އިހުތިރާމް ކުޑަވާ ގޮތައް ވާހަކަދެެއްކުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.