May 26, 2026
Advertisement
ކިންގްސްޓަން ޝޯރޫމްގައި މުޒާހަރާ ކުރަނީ
ކިންގްސްޓަން ޝޯރޫމްގައި މުޒާހަރާ ކުރަނީ / ތޭރަ އޮންލައިން

ކިންގްސްޓޮނަށް ލާރި ދެއްކި މީހުން އަންގަން އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 7, 2024, 10:47 PM
މާލެ ސިޓީ

ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި ގެއްލުން ލިބުނު މީހުން ފުލުހުންނަށް އަންގަން އެދިއްޖެއެވެ.

Advertisement

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އެ ކުންފުނިން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުށަހަޅާފައި ވާތީ އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ކިންގްސްޓަންއިން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް މީހަކު ހުރި ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ ކުންފުނީގެ މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ އެ ތަނުން ސައިކަލު ގަންނަން ފައިސާ ދައްކާފައިވާ އެތައް ބަޔަކު ކުންފުނީގެ ޝޯ ރޫމް ހުންނަ ސަރަހައްދަށް ގޮސް އެކަމާ އަޑުއުފުލާފައި ވަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved