March 21, 2026
Advertisement
އަދުރޭ
އަދުރޭ / ސޯޝަލް މީޑިއާ

ގަސްތުގައި ރާވައިގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ ރައީސް މުއިއްޒުކަމަށް އަދުރޭއަށް އިއުތިރާފުވެވިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 8, 2024, 12:18 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ޖަލުގައި ނުހައްގުން ބެހެއްޓީ ދުރާލާ ރާވައިގެން ރައީސް މުހައްމަދު މުއިއްޒުކަމަށް އެމަނިކުފާނުގެ ރޯލު މޮޑެލް އަބްދުއްރަހީމު އަބްދުﷲއަށް އިއުތިރާފުވެވިއްޖެއެވެ.

Advertisement

ޕީއެންސީގެ ޖަގަހައިގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަދުރޭ ވަނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މީގެ ކުރިން ރައީސް ޔާމީން ހުންނެވީ ހަރާން ހުކުމެއްގައި ކަމަށް ބުނެ އަޑު ގަދަ ކުރި އަދުރޭ ވަނީ ރައީސް ޔާމީންއަކީ ޚިޔާނާތްތެރިއެއް ކަމަށް ބުނެ އެމަނިކުފާނަށް ވަގަށްވެސް ގޮވާފައެވެ. އަދުރޭ ބުނިގޮތުގައި ރައީސް ޔާމީން ހުންނެވީ ވައްކަން ކޮށްގެން ކަމަށާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެރިކަން ހޯދުމުގެ ނިޔަތުގައި، އެމްއެމްޕީއާރުސިގެ މައްސަލަ ތިލަ ރައީސް ޔާމީން ޖަލުގައި ބެހެއްތީ ގަސްތުގައި ރައީސް މުއިއްޒު ކަމަށާ އެއީ ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށްވެސް އަދުރޭއަށް ވަނީ އިއުތިރާފުވެވިފައެވެ.

"ހަމަ ގަސްދުގައި ރާވައިގެން ތިމަންނަ އަށް ވެރިކަން ހޯދަން ވެގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ މުއިއްޒު

އަދުރޭ

އަދުރޭއަށް މިފަދައިން އިއުތިރާފުވެވިފައިވާއިރު ރައީސް މުއިއްޒަށް ވެރިކަން ހޯދައިދޭން މާކުރިން ރޭވިކަމަށްވެސް އަދުރޭ ވަނީ މީގެ ކުރިން ޕިއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވެސް އިއުތިރާފުވެފައެވެ.

ރޭގެ ޖަލްސާގައި އަދުރޭވަނީ އޭނާ ގެންދަވަނީ ރައީސް ޔާމީންގެ ކިބައިން ބަދަލު ހިފަމުންކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން އަދުރޭގެ ސިޔާސީ ހަޔާތުގައި ލިބުނު ނާކާމިޔާބީތަކަކީ ރައީސް ޔާމީން އޭނާއަށް ދިން ލަނޑުތަކެއްގެ ގޮތުގައި ސިފަކޮށް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމުތައް އަޅުވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved