March 23, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އެއް އަހަރު ދުވަހުގެ އާމްދަނީ އެއްކުރިއަސް ދަރަނި ނުދެއްކޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 8, 2024, 12:31 AM
މާލެ ސިޓީ

އެއް އަހަރު ދުވަހުގެ އާމްދަނީ އެއްކުރިއަސް މިހާރު ގައުމުގައި އޮތް ދަރަނި، 2024 ވަނަ އަހަރު ނުދެއްކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގައުމުގައި އޮތް ދަރަނީގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީއިން ކަމަށާ ދަރަނި ދެއްކުން ފަސްކޮށް ކުރި އެއްވެސް ކަމަކުން ގައުމަށާ ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ދަރަނި ދެއްކުން ފަސްކޮށް ޒިންމާދާރު ކަމާއެކު މަސައްކަތްކޮށްފި ނަމަ ނެޓު އިތުރުވާން ޖެހޭނެކަމަށާ ނަމަވެސް އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ގައުމުގެ ނެތު ރިޒާވްގައި އެއްވެސް ހަކަތައެއް ނެތް ކަމަށެވެ. އަދި ތިމަންނާމެން ޒިންމާވާން ޖެހޭ ދަރަނި ދައްކަން ޖެހޭނީ 2026ގައޭ ވިދާޅުވެ އެމްޑީޕީގެ ެވރިން ޒިންމާއިން ރެކެން މަސައްކަތްކުރި ނަމަވެސް ގައުމު މިހާރު އޮތް ހާލަތުގެ ފުރިހަމަ ޒިންމާ އެމްޑީޕީއިން ނަގަން ޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަހަރު ބޭރުގަ މިއޮތް ދަރަނި އަދާކުރުމަށްޓަކައި މިއަހަރު އެކަނި ދަރަނީގެ ޕްރިންސިޕަލާ އިންޓަރެސްޓަށް ދައްކަން އެބަޖެހޭ 512 މިލިއަން ޑޮލަރު. އެކަމު ހިސާބުތަކުން ދައްކާ ގޮތުގައި އަޅުގަޑުމެންގެ އަތުގައި މި 512 މިލިއަން ޑޮލަރު ދައްކަން ހުރީ 490 ކޮންމެ ވެސް ވަރަކަށް މިލިއަން ޑޮލަރު. އެހެންކަމުން ޓެކްނިކަލީ މި ދަރަނި ދައްކާނެ ބޭރު ފައިސާ އަޅުގަޑުމެން އަތަކު ނެތް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން އެ ފަދަ ބޮޑު ދަރަންޏަކާ އެކު ގައުމު ހިންގަން އުނދަގޫތަކެއް މި ސަރުކާރަށް އެބަހުރި ނަމަވެސް މި ސަރުކާރުން ގެންދަނީ އެ އުނދަގުލުގެ މައްޗަށް އަމިއްލައަށް ވެސް އުނދަގޫތައް އިތުރުކުރަމުން ކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ބޭކާރު އިސްރާފުކޮށްފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved