February 20, 2026
Advertisement
ދައުރުކުރި ވީޑިއޯގެ މަންޒަރެއް
ދައުރުކުރި ވީޑިއޯގެ މަންޒަރެއް / ތޭރަ އޮންލައިން

ޑރ. ޝަހީމު ބަދުނާމުކޮށް "ފޭކު" ވީޑިއޯއެއް އާންމުކުރެވުމުން މައާފަށް އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 8, 2024, 02:08 AM
މާލެ ސިޓީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަގު ވައްޓާލަން މީސްމީޑިއާގައި ދައުރުކުރެވުނީ "ފޭކް" ވީޑިއޯއެއްކަމަށް އިއުތިރާފުވެ އެ ވީޑިއޯ ދައުރުކުރި "ހަސަން ކުރުސީ:ގެ އެކްސް އެކައުންޓުން މައާފަށް އެދިއްޖެއެވެ.

Advertisement

ހަސަން ކުރީ އޭނާގެ އެކްސްގައި އިނގިރޭސި ބަހުން އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ، އެއީ ފޭކު ވީޑިއޯއެއް ކަމަށާއި އެކަން ކުރެވުމުން ޑރ. ޝަހީމްގެ އިތުރުން އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭކަމަށް ބުނެފައެވެ. ކުރުސީ ވަނީ މިކަމުން ޝަހީމް އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ގެއްލުމަކަށް ހިތާމަކުރާކަމަށާއި، ނުކުރާ ކަމެއްގެ އިލްޒާމު އެއްވެސް މީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން އޭނާއަކީ މީސް މީޑިޔާގައި ގިނަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭ މީހަކަށްވެފައި މިކަމުގެ ސަބަބުން އޭނާއަށް ރައްޔިތުން ކުރާ އިތުބާރަށް ބަދަލުތަކެއް ނުގެނައުމަށްވެސް އެދިފައިވެއެވެ.

ހަސަން ކުރުސީގެ ސިޓީ
ހަސަން ކުރުސީގެ ސިޓީ

ޑރ. ޝަހީމުކަމަށް ބުނެ ފިރިހެނަކު އަންހެނަކާ ބަދު އަޚުލާގީ އަމަލު ހިންގާ މަންޒަރުތަކެއް ހަސަން ކުރުސީ އާންމުކޮށްފައިވާއިރު އެ މަންޒަރުގައި ފެންނަނީ ބިދޭސީ ފިރިހެނެއްކަން ފަހުން ވަނީ ހާމަވެފައެވެ. އަދި ޑރ. ޝަހީމު ބަދުނާމުކޮށް އާންމުކުރި އެ ހަގީގަތާ ޚިޅާފު ވީޑިއޯ ކުށްވެރިކޮށް ގިނަ ބަޔަކު ވަނީ ޑރ. ޝަހީމުގެ ދިފާއުގައި ތެދުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved