March 19, 2026
Advertisement
ޕީއެންސީ މަޖިލިސް މެމްބަރުން
ޕީއެންސީ މަޖިލިސް މެމްބަރުން / މަޖިލިސް

މުލިއާގެ އިން ބައެއް މެމްބަރުންނަށް ބައި ލައްކަ މި މަހަކު ނުދޭ!

Aishath Naja
އައިޝަތު ނަޖާ
Aug 9, 2024, 09:05 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ޱދެމުން އަންނަ ބައި ލައްކަ ރުފިޔާ މި މަހު ބައެއް މެމްބަރުންނަށް ނުދޭކަން ހާމަވެއްޖެއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ޕީއެންސީގެ މަޖިލިސް މެމްބަރަކު ބުނީ ހަގީގަތުގައި ރައީސް މުއިއްޒު ވައުދުވެޑައިގަތީ އެއް ލައްކަ ރުފިޔާ ދިނުމަށް ކަމަށެވެ. ނަމަވެސް މި ތިން މަހު ވެސް އަދި ދިނީ ބައި ލައްކަ ރުފިޔާއެވެ.

މިދިޔަ ދެ މަހު ހުރިހާ މެމްބަރުންނަށް ވެސް ބައި ލައްކަ ދިން ނަމަވެސް މި މަހު ބައެއް މެމްބަރުންނަށް އެ ފައިސާ ދީފައިނުވެއެވެ.

މައުލޫމާތު ދެމުން އެ މެމްބަރު ވިދާޅުވީ ބައި ލައްކަ ނުދީ ބާކީ ކޮށްފައި ވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ސަނާ ކިޔުމަށް ޓީވީ ޕްރޮގްރާމްތަކަށް އަރާފައި ނުވާ މެމްބަރުންނެވެ.

މިކަން މިހެން ހިނގުމުން ބައެއް މެމްބަރުން ވަނީ ރައީސް މުއިއްޒު ވައުދާ ހިލާފްވެއްޖެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

މުލިއާގެއިން މެމްބަރުންނަށް ބައި ލައްކަ ދެމުންދާ ވާހަކަ ހުދު މެމްބަރުން ބުނަމުން އަންނަ އިރު ވެސް ސަރުކާރުން އަންނަނި ތަކުރާރުކޮށް މިކަން ދޮގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved