March 19, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު އަމިއްލަފުޅަށް ހޫނު ފެނަށް އަތްޕުޅު ބޭނުމުގެ މަސައްކަތް ފަށައިފި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 9, 2024, 09:49 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ހޫނު ފެނަށް އަތްޕުޅު ލެއްވުމުގެ މަސައްކަތް ފައްޓައިފިކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީންއަށް އަނިޔާކުރަން ފޫގަޅައިފިކަމަށާ އެމަނިކުފާނުގެ މައްޗަށް އަނެއްކާވެސް ޝަރީއަތުގެ ނަމުގައި ތިޔަޖައްސަވަން އުޅުއްވާ ސަކަރާތް ބަލަން ދިވެހި ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަލީހު ވަނީ ރައީސް މުއިއްޒު އަމިއްލަފުޅަށް އަތްޕުޅު ލައްވަން އުޅުއްވަނީ ހޫނުފެނުގައި ކަމަށްވެސް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާ އެމަނިކުފާނު ޖަލުގައި ބަހައްޓާފައި ހުރީ ނުހައްގުން ކަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ދުވަސްވަރު ވިދާޅުވެފައިވީ ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް އަލުން ފަށަން ކުރިމިނަލް ކޯޓުގައި މިހާރުގައި ވަނީ ތާވަލްކޮށްފައެވެ.

އެގޮތުން ވ. އާރަށު މައްސަލަ އަލުން ބެލިދާނެކަމަށް ހައި ކޯޓުން ހުކުމުް ކުރުމުން އެ މައްސަލަ ދަށު ކޯޓުގައި އަލުން ތާވަލްކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved