March 22, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

އަދުރޭގެ ދޫ މިފަހަރު އޭނާއާ ދެކޮޅަށް ހެކި ދީފި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 9, 2024, 11:22 PM
މާލެ ސިޓީ

އަބްދުއްރަހީމް (އަދުރޭ) ގެ ދޫ އޭނާ އާއި ދެކޮޅަށް ހެކި ދީފި ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަފަދައިން ވިދާޅުވެފައި ވަނީ ދާދި ފަހުން ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީނަށް ގަސްތުގައި އަނިޔާ ދިނީ މުއިއްޒުކަމަށް އަދުރޭ އަށް އޮޅިގެން ބުނެވުމުންނެވެ.

އެކަމާ ގުޅިގެން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ދިނުމުން އެއީ ބޮޑު ގޯހެއް ކަމަށެވެ.

މަލީހް ވިދާޅުވީ ގަދަ ބަސް ބުނެ އިންސާފަށް ލޯބި ކުރަން ޖެހޭނެކަމަށާއި ރައީސް ޔާމީނާށް އަނިޔާ ދެއްވުމުން ދެން އެކަން ހުވަފެނުގައި ވެސް ފެންނާނެ ކަމަށެވެ.

އަދުރޭ އަށް އޮޅިގެން ރައީސް ޔާމީނަށް އަނިޔާ ދެއްްވީ މުއިއްޒު ކަމަށް ވިދާޅުވެވުމުން ގިނަ ބަޔަކު އަންނަނީ އޮޅިގެން ވެސް އަދުރޭ ހެދި ތެދެއް ކަމަށް ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved