އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.
އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ޖައިޝަންކަރާއެކު މަޝްވަރާ ކުރެއްވުމަށް ބާއްވަވާ ބައްދަލުވުމަށް އިންތިޒާރު ކުރައްވާ ކަމުގައެވެ.
ޖައިޝަންކަރަކީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެއަށް އަސްކަރީ ގޮތުން އަރައިގަތުމަށް ގޮވާލި ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
މިހާރުގެ ސަރުކާރަކީ އެކަމަށް އެންމެ ފާޑު ވިދާޅުވާ އެކަމަށް އެންމެ ނުރުހުން ފާޅުކުރި ބަޔަކަށްވާއިރު މިހާރު އިންޑިއާގެ ސަރުކާރަކީ ގައުމުގެ އެންމެ އަރިސްބަޔަށް ވަނީ ވެ ނިމިފައެވެ.