March 22, 2026
Advertisement
އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް / ސޯޝަލް މީޑިއާ

ކުރިން ބުނި އެތި ކެންސަލްކޮށް އަދުރޭ އާއި ގާސިމް ބެސްޓުފުރެންޑުންނަށް ވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 10, 2024, 04:07 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމާއި ބައްދަލު ކުރެއްވުމަށް އދ. މާމިގިއްޔަ ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާ ދަންނަވައިފި އެވެ.

Advertisement

ގާސިމްގެ ދައުވަތަކަށް އަދުރޭ މާމިގިއްޔަށް ވަޑައިގެންނެވީ ގާސިމްގެ ކުންފުނި ވިލާގެ ފްލައިމީގެ މަތިންދާބޯއްގައެވެ.

ގާސިމަކީ އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެކޭ ކިޔައި އިދިކޮޅުގައި އޮވެ އެންމެ އަޑު ގަދަ ކުރި އެކަކަކީ އަދުރޭއެވެ.

އެގޮތުން އަދުރޭ އޭރު ވިދާޅުވީ ކަނޑު ވިއްކާލުމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ގާސިމް ގޮވާލެއްވުމުން ގާސިމަކީ ގައުމުގެ ހައްގުގައި މަސައްކަތް ކުރާ ލީޑަރެއް ނޫންކަމަށެވެ.

ނަމަވެސް މިއަދު ގާސިމަކީ ހުދު ކާފޫރު ކޮޅަކަށް ވެއްޖެއެވެ. އަދުރޭ އާއި ގާސިމް އަންނަނީ ގުޅުން ބަދަހިކޮށް އަމިއްލަ ވިޔަފާރިތައް ކުރި އެރުމަށް މަޝްވަރާ ވެސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved