March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އަބްދުއްރަހީމް ދައްކާ ވާހަކަތަކުން ދޭހަވަނީ ރައީސް މުއިއްޒުގެ އަހުލާގް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 10, 2024, 05:32 PM
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައްކަވާ ވާހަކަތަކުން ފެންނަނީ މިހާރުގެ ރައީސް މުހަައްމަދު މުއިއްޒުގެ އަހުލާގު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އަބްދުއްރަހީމަކީ މިހާރުގެ ރައީސް މުއިއްޒުގެ ރޯލް މޮޑެލް ކަމަށް ހުދު އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ފެނިގެން އެ ދަނީ ރައީސް މުއިއްޒުގެ އަހުލާގު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އެބަ ވިދާޅުވޭ ތިމަންނަގެ ރޯލް މޮޑެލްއޭ އަބްދުއްރަހީމަކީ. އެހެންވީމާ އަބްދުއްރަހީމް އެ ދައްކާ ވާހަކައިން ރައީސް މުއިއްޒުގެ އަހުލާގު ރައްޔިތުންނަށް ނުފެނޭތޯއޭ؟ އެ ފެންނަނީ އެ ރިފްލެކްޝަންއިން ރައީސް މުއިއްޒުގެ އަހްލާގެއް ނޫންތޯއޭ؟

ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮންމެ ވާހަކައެއް ބުނެފައި އެ ވާހަކައަށް އެ މަނިކުފާނު އެއްޗެއް ވިދާޅުވުމުން "ބަށި ކުޅޭހެން ޗުކީ ބުނެފައި ރެކެނީ" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. މައްސަލައަކަށް ވާކަމަކީ އެއީ ކަމަށާއި ސަރުކާރަށް ފާޑުކިޔަނީ ޒާތީ ވެގެން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved