ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދާ ޚިލާފުވެ، އިންޑިއާ އާއެކުވެފަިއވާ ގޮތް ނޭނގޭ އެގްރިމަންޓުތައް ހުރި ތަނުގައި އިތުރަށް ތަޅު އަޅުވާފައިކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އިންޑިއާ އައުޓު ގޮވަމުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އިންޑިއާ ފައިބުޑަށް އިންޑިއާ ސަނާ ކިޔާ އަދި މިހާރު އެގައުމުގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ރާއްޖެ ވަޑައިގެން އުޅުއްވާއިރު އިންޑިއައާ އެކު ގުޅުން ބަދަހު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާގެ ސީއެސްއާރުގެ ދަށުން ރާއްޖޭގެ އެކު ރަށްރަށުގައި ޕްރޮޖެކުޓުތައް ފަށަން މިހާރު ވަނީ އެއްބަސްވެފައެވެ.
މިކަންކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު އެޚިލާފުވީ ރިޔާާސީ އިންތިޚާބުގައި ރައްޔިތުންނަށް ވި އެންމެ ބޮޑު ވަޢުދާކަމަށެވެ.
އެގޮތުން އިންޑިއާއި ސިފައިން ބޭރުކުރުން ބިލާހަކަށްވެ އެގްރީމަންޓުތައް ހުރިތާ އިތުރު ތަޅުއެޅުވީކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ. މިކަމާ ލަދުން ހަދާނެގޮތް ހުސްވެ މިވަގުތާ ދިމާކޮށް އަދުރޭ ވެސް އަވަހަށް މާމިގިލި މަގުންގޮސް ސަންއައިލެންޑުގައި ބޮނދަޖަހައިގެން ހުރި ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ރ.މުއިއްޒު އެޚިލާފުވީ ރިޔާާސީ އިންތިޚާބުަގައި ރައްޔިތުންނަށް ވި އެންމެ ބޮޑު ވަޢުދާ. އިންޑިއާއި ސިފައިން ބޭރުކުރުން ބިލާހަކަށް. އެގްރީމަންޓުތައް ހުރިތާ އިތުރު ތަޅުއެޅުވީ. މިކަމާ ލަދުން ހަދާނެގޮތް ހުސްވެ މިވަގުތާ ދިމާކޮށް އަދުރޭ އެހެރީ މާމިގިލި މަގުންގޮސް ސަންއައިލެންޑުގައި. pic.twitter.com/iJhdi7t3Df
— Mohamed Maleeh Jamal (@maleehjamal) August 10, 2024
މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނި މިހާރު ދިވެހިންނަށް ލިބިފައި ހުރީ އިއްޔެ ދެއްކި ވާހަކަ މިއަދު ހަދާންނެތިވަޑައިގަންނަވާ އުސޫލެއް ހަމައެއް ލަމައެއް ނެތް އޮއެ ކާއްޓެއް ފަދަ ވެރިއެއް ކަމަށެވެ.
"ވަށަފަރު ކަޅު ދިގު ކ". ރައްޔިތުންނަށް މިފަހަރު މިލިބުނީ އިއްޔެ ދެއްކި ވާހަކަ މިއަދު ހަދާންނެތޭ, އުސޫލެއް ހަމައެއް ލަމައެއް ނެތް އޮއެ ކާއްޓެއް. ރޯލް މޮޑެލްއަކަށް ހުރީ ހުޅަގުން އިރުއަރާ މަންޒަރު ބަލަން ހުޅަނގުފަރާތު ގެއަޅުއްވައިގެން ހުންނެވި ބޭފުޅެއް. ދުނިޔޭގެ ދެކޮޅު. pic.twitter.com/sOfGkPLW1Y
— Mohamed Maleeh Jamal (@maleehjamal) August 10, 2024
މީގެ އިތުރުން އެމަނިކުފާނުގެ ރޯލް މޮޑެލްއަކަށް ހުރީ ހުޅަނގުން އިރުއަރާ މަންޒަރު ބަލަން ހުޅަނގު ފަރާތުގައި ގެ އަޅުއްވައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އެހެންކަމުން ދެ ބޭފުޅުންނަކީ ދެކޮޅަށް ތިއްބެވި ދެ ބޭފުޅުންގެ ގޮތުގައި ވެސް މަލީހު ރައިސް މުއިއްޒާ އެމަނިކުފާނުގެ ރޯލު މޮޑެލް އަދުރޭ ސިފަކުރައްވާފައިވެއެވެ.