March 26, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ޝަރީއަތައް ޕީއެންސީގެ ލީޑަރޝިޕުން ނުފޫޒު ފޯރުވި ވާހަކަ ރައީސް މުއިއްޒު ދޮގެއް ނުކުރި!

Aishath Naja
އައިޝަތު ނަޖާ
Aug 11, 2024, 07:59 PM
މާލެ ސިޓީ

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތައް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ލީޑަރޝިޕުން ނުފޫޒު ފޯރުވިކަމަށް ކުރި ތުހުމަތު ރައީސް ޑރ މުހައްމަދު މުއިއްޒު ދޮގު ނުކުރާކަން ހާމަވެއްޖެއެވެ.

Advertisement

މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތް ނިންމާލުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަވިޔުގައި ނޫސްވެރިއަކު ވަނީ ރައީސް ޔާމީންގެ ޝަރީއަތައް ނުފޫޒު ފޯރުވި ފަރާތްތަކުގެ އޯޑިއޯ އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަ ފާހަގަކޮށް އެއްވެސް ވަރަކަށް އެމަނިކުފާނުގެ ޝަރީއަތައް ނުފޫޒު ފޯރުވިންތޯ އަހާފައެވެ.

ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އައިފަހުން ރައީސް އޮފީހުން ފަނޑިޔާރު ގެތަކަށް އެެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށެވެ.

އަދި ނުފޫޒު ފޯރުވާ ފަރާތެެއް ހުރި ކަން އެނގިއްޖެ ނަމަ އެ ފަރާތެއް މަގާމުން ވެސް ވަކި ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތައް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވެނީ ޕީއެންސީގެ ލީޑަރޝިޕަށެވެ. ނަމަވެސް މިކަމެއް ރައީސް

މުއިއްޒު ދޮގެއް ނުކުރެއްވި އެވެ.

އެހެންކަމުން ދޭހަވަނީ ރައީސް ޔާމީންގެ ޝަރީއަތްތަކަށް ޕީއެންސީ ލީޑަރޝިޕުން ނުފޫޒު ފޯރުވި ވާހަކައަކީ ހަގީގަތެއް ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved