މާލެ ސިޓި ކައުންސިލާ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ ޑރ. މުހައްމަދު މުއިއްޒުކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓުންނާ ސަރުކާރު ޕްރޮމޯޓުކުރަން މުސާރަ ދީފައި ތިބޭ ކުދިންކޮޅު ފަތުރަނީ ދޮގެއްކަން ހާމަވެއްޖެއެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒު، މާލެ ސިޓީ ކައުންސިލަށް ވަޑައިގެން އެ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. އެއަށް ފަހު ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ރައީސް މުއިއްޒަކީ މާލެ ސިޓި ކައުންސިލާ އެންމެ ފުރަތަމަ ރަސްމީކޮށް ބައްދަލުކުރެއްވި ރައީސް ކަމަށް ބުނެ ޕްރޮމޯޓުކުރަން ފަށާފައެވެ.
ނަމަވެސް އެއީ ދޮގުކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަން އެބަހުއްޓެވެ. އެގޮތުންމާލެ ސިޓި ކައުންސިލާ އެންމެ ފުރަތަމަ ރަސްމީކޯށް ބައްދަލުކުރެއްވި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދެވެ.
އެގޮތުން ރައީސް ނަޝީދުވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އޭރުގެ މާލެ ސިޓީ ކައުންސިލްއަ ބައްދަލުކުރައްވާ މަޝްވަރާތައްވެސް ބާއްވަވާފައެވެ.
މީގެ އިތުރުން ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކުވެސް ވަނި އެމަނިކުފާނުގެ ޒައާމަތުގައި ވެސް މާލެ ސިޓިގެ ކަންކަމާ ގުޅޭ ގޮތުން އޭރުގެ މޭޔަރުކަމަށްވާ މައިާން އަލި މަނިކު (މޭޔަރު އަލިބެ) އާ 2012 ވަނަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ.
އެހެންކަމުން މާލެ ސިޓި ކައުންސިލަކާ ރަސްމީކޮށް އެންމެ ފުރަތަމަ ބައްދަލުކުރެއްވި ރައީސަކީ، ޑރ . މުއިއްޒުގެ ގޮތުގައި ޕްރޮމޯޓުކޮށް ޕީއެންސީގެ އެކްޓިވިސްޓުންނާ އެމަނިކުފާނު ޕްރޮމޯޓުކުރުމަށް މުސާރަދީފައި އެކި މަގާމުތަކުގައި ބައިތިއްބާފައި ތިބި މިހުން ގެންދަނީ ދޮގު މައުލޫމާތު ފަތުރަމުންކަން ހާމަވެފައިވެއެވެ.