March 21, 2026
Advertisement
ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދުރޭ
ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދުރޭ / މަޖިލިސް

އެމްޑީޕީ 4 މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 12, 2024, 04:40 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ 4 މެމްބަރުންގެ ނަން އިއްވުމަށްފަހު މަޖިލިސް ތަޅުމުން ބޭރުކޮށްފި އެވެ.

Advertisement

މިއަދުގެ ޖަލްސާއަށް ހައުސިން މިނިސްޓަރު ހައިދަރު ހާޒިރުކުރުމުން، މެމްބަރުން ވަނީ ވަރަށް ގިނަ ގުނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ.

އެ ސުވާލުތަކަށް މިނިސްޓަރު ހައިދަރަށް ޖަވާބު ނުދެވޭތީ އެމްޑީޕީގެ މެމްބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެމްޑީޕީ މެމްބަރުން ތަޅުމުގައި އަޑުގަދަކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މެމްބަރުންގެ ނަންތައް އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.

ރިޔާސަތުން ނަން އިއްވެވި މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެން ޒިޔާދާއި، އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

މެމްބަރުންގެ ނަން އިއްވުމަށްފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާ ލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved