ކުރިއަށް އޮތް ތިން ދުވަހު މާލެ ސިޓީ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ދުނިޔޭގެ މޫސުމާބެހޭ ރިޕޯޓް ތަކުން ލަފާކޮށްފިއެވެ.
އެގޮތުން އަލް ޖަޒީރާ އިން ގެނެސްދޭ ބައިނަލްއަގުވާމީ މޫސުމާ ބެހޭ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން މާލެ ސިޓީ އަށް ކުރިއަށް އޮތް ތިން ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.
މި ރިޕޯޓުގައިވާ ގޮތުން ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ދުނިޔޭގެ މޫސުމާބެހޭ މި ރިޕޯޓުގައި ލަފާކޮށްފައިވާއިރު ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވެސް ވަނީ ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.