May 27, 2026
Advertisement
ފުލުހުން މަސްތުވާތަކެތި ހާމަކޮށްފައި
ފުލުހުން މަސްތުވާތަކެތި ހާމަކޮށްފައި / ޕޮލިސް

މަސްތުވާތަކެއްޗާއި އެކު ހުޅުމާލެ ފޭސް 2 އިން ދެމީހަކު ހައްޔަރުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 13, 2024, 11:51 AM
މާލެ ސިޓީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފުލުހުން ރޭ 2:40 އެހައިކަންހާއިރު ޕެޓްރޯލުކުރަމުން ދިޔައިރު، އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، އެމީހުން ގެންގުޅުނު ސައިކަލުގެ މަޑިދަށުން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވެއެވެ.

މިތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved