މަހުޖަނު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ދައުލަތުގެ މުދާ ގަނޑެއް ދިނުމަށް ސަރުކާރުން ތައްޔާރުވާ ކަމަށް ބުނެ މެދު ހެންވެއިރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ތުހުމަތު ކުރައްވައިފި އެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ދާދި ފަހުން ގާސިމްގެ ދައުވަތަކަށް މަޖިލިސް ރައީސް އަބްދުއްރަހީމް (އަދުރޭ) މާމިގިއްޔަށް ވަޑައިގެން ޚަބަރު އެކްސްގައި ހިއްސާކުރުމަށްފަހު އެވެ.
އެގޮތުން އާޒިމް ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ކޮންމެ މަހަކު އަދުރޭގެ ނަމުގައި ފައިސާ ލިބެމުންދާ ކަމުގެ އަޑުތަކެއް ވެސް އިވޭކަމަށެވެ..
ދައުލަތުގެ ފައިދާ ސަރުކާރުން އެކި ގޮތްގޮތުން ނަގަމުން ދާއިރު ރައްޔިތުން ދިރިއުޅެމުންދަނީ ދަތި ހާލުގައި ކަމަށް ބުނެ އާޒިމްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުކޮށްފަ އެވެ.