May 27, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

ފާއިތުވި 24 ގަޑި އިރު އެންމެ ގިނައިން ވާރޭ ވެހުނީ ކެލާއަށް

Aminath Zara
އައިމިނަތު ޒާރާ
Aug 13, 2024, 06:53 PM
މާލެ ސިޓީ

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Advertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހއ ކެލާއަށެވެ. އެގޮތުން ކެލާއަށް އިއްޔެ 231.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ ހަނިމާދޫ އަށެވެ.. އެގޮތުން އެރަށަށް އިއްޔެ 177.5 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.

އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ރ އިފުރާއި ހދ ކުޅުދުއްފުއްޓަށެވެ. އެގޮތުން އިފުރަށް 102 މިލިމީޓަރުގެ ވާރޭވެހުނު އިރު ކުޅުދުއްފުއްޓަށް 77.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved