May 5, 2026
Advertisement
މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި / ޕޮލިސް

މިއަދުވެސް މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށްފި

Fathmath Reem
ފާތުމަތު ރީމް
Jan 27, 2024, 10:19 PM

އުތުރާއި މެދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މިކަން ހާމަ ކޮސްފައިވަނީ އެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަަަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މި ސަމާލު ނެރެފައިވަނީ ހޮނިހިރު ދުވަހު މެންދުރު 2:30 އިންފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ.

ހުކުރުދުވަހުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved