March 20, 2026
Advertisement
ކޮމިޓީ ބައްދަލުވުން ތެރެއިން
ކޮމިޓީ ބައްދަލުވުން ތެރެއިން / ރައްޔިތުންގެ މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެމްބަރަކު ވަކިކުރަން ލަފާ ދެނީ!

Aishath Naja
އައިޝަތު ނަޖާ
Aug 13, 2024, 11:20 PM
މާލެ ސިޓީ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެމްބަރަކު މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

Advertisement

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީއަަށް ޙާޟިރުވި މެމްބަރުންގެ އިއްތިފާގުން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ފިޔަވައި އެހެން ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލާއި މެމްބަރު އަހްމަދު އަޝްރަފާއި މެމްބަރު ހަދީޖާ ނައީމް މަޤާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ވަކިނުކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމީ، އެތަނާ ގުޅޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައީ އޭނާއަށް ވުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved